Last Updated: July 5, 20:34
Saturday, July 5, 2025
ކުޅިވަރު

ލިވަޕޫލް ދޫކޮށް މާނޭ ބަޔާން އަށް

ލިވަޕޫލަށް ކުޅެމުން އައި ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭ ބަޔާން މިއުނިކަށް ބަދަލުވެއްޖެ އެވެ.

މާނޭ ބަޔާން އަށް ބަދަލުވަނީ 35 މިލިއަން ޕައުންޑަށް ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މާނޭގެ ޓްރާންސްފާއާ ގުޅޭގޮތުން ދެ ކްލަބުގެ ދެމެދުގައި މިހާރު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އުމުރުން 30 އަހަރުގެ މާނޭ ލިވަޕޫލަށް ބަދަލުވީ 2016 ވަނަ އަހަރު ސައުތްހެމްޓަން އިންނެވެ. މާނޭ ވަނީ ލިވަޕޫލަށް 269 މެޗު ކުޅެދީ 120 ގޯލު ކާމިޔާބުކޮށްދީފަ އެވެ.

މާނޭ ވަނީ ލިވަޕޫލާއެކު އިނގިރޭސި ޕްރިމިއާ ލީގް، ޗެމްޕިއަންސް ލީގް، އިނގިރޭސި ލީގު ކަޕް، އެފްއޭ ކަޕް، ޔޫއެފާ ސުޕާ ކަޕް އަދި ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.

މާނޭ ލިވަޕޫލް ދޫކޮށްލިއިރު އެ ކްލަބުން ދާދިފަހުން ބެންފީކާ އަށް ކުޅެމުން އައި އުރުގުއޭގެ ހުނަރުވެރި ފޯވާޑް ޑާވިން ނުނޭޒް ގެނެސްފަ އެވެ.