Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ޕޮލެންޑްގެ ގައުމީ އެއާލައިން އަލުން ރާއްޖެ އަށް

ކޮވިޑާ ހެދި ދަތުރުތައް މެދުކަނޑާލާފައި އޮތް ޕޮލެންޑްގެ ގައުމީ އެއާލައިންގެ ދަތުރުތައް އަލުން ރާއްޖެ އަށް ފަށައިފި އެވެ.

އެ އެއާލަިއންގެ ދަތުރުތައް އަލުން ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހުގެ ފްލައިޓްގައި 249 މީހަކު އަ އެވެ. "ލޮޓް ޕޮލިޝް އެއާލައިންސް" ގެ ދަތުރުތައް ރާއްޖެ އަށް ބާއްވާނީ ޕޮލެންޑުގެ ވެރިރަށް ވާސޯއާ ދެމެދު އެވެ. ދަތުރުތަކަށް ބޭނުން ކުރާނީ ބޮއިން 787 މަރުކާގެ ބޯޓުތަކެވެ. މިއީ އެއްފަހަރާ 290 މީހުންނަށް ދަތުރު ކުރެވޭ ބޯޓުތަކެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނި ގޮތުގައި "ލޮޓް ޕޮލިޝް އެއާލައިންސް" އިން ރާއްޖެ އަށް ކުރަނީ ޗާޓަރު ދަތުރުތަކެވެ. އެގޮތުން ހަފުތާއަކު އެއް ދަތުރު ބާއްވާނެ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮވިޑްގެ ހާލަތަށް ފަހު މިހާރު ރާއްޖެ އަށް ބޭރުގެ 24 އެއާލައިނަކުން ދަތުރުކުރެ އެވެ.