Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ފުނަދޫ ކައުންސިލާ ރައީސް ބައްދަލުކުރައްވައިފި

ފޮޓޯ: ރައީސް އޮފީސް

ށ. ފުނަދޫ ކައުންސިލްގެ މެމްބަރުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްދަލުކުރައްވައިފިއެވެ.

ށ. ފުނަދުއަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން އެ ރަށު ކައުންސިލް އަދި އަންހެންނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވާ ރައީސް ސޯލިހް ވަނީ ކަމާގުޅޭ މައްސަލަތަކާއި، ތަރައްޤީގެ ޕްލޭންތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސް ސޯލިހް ވަނީ އެރަށު ސިއްހީ މަރުކަޒުގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ.

ރައީސް ސޯލިހް ށ. ފުނަދުއަށް ވަޑައިގެންފައިވަނީ އެރަށު ސްކޫލްގެ ރަސްޔޫބީލް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެލެއްވުމަށެވެ.

އެގޮތުން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވަނީ ސަރުކާރުން މުޅި ރާއްޖޭގެ ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީއަށް ކުރާ މަސައްކަތްތަކާއި ތަޢުލީމީ ދާއިރާއަށް ސަރުކާރުން ގެންނަވަމުން އަންނަ ހެޔޮ ބަދަލުތަކުގެ މައްޗަށް ވެސް އަލިއަޅުއްވައިފައެވެ. އެގޮތުން ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީއަށް ރާވާފައިވާ 203 މަޝްރޫޢެއްގެ މަސައްކަތް އެކި މަރުޙަލާތަކުގައި ކުރިއަށްދާކަމާއި އަދި މިދިޔަ މަހުން ފެށިގެން ޓީޗަރުންގެ މުސާރައަށް ސަރުކާރުން ގެންނެވި ހެޔޮ ބަދަލުތައް ގެންނެވިކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ފުނަދޫ ސްކޫލުގައި 15 ކްލާސްރޫމް ހެދުމުގެ މަޝްރޫޢެއް ކުރިޔަށްދާކަން ފާހަގަކުރައްވައި މިހާރު ސްކޫލަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ، ސްޓާފް ރޫމެއް ހިމެނޭ ގޮތަށް އޮފީސް އިމާރާތެއް ހެދުމުގެ މަސައްކަތްވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށް ގެންދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވ އެވެ.