Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

އާރަށު މައްސަލައިގެ އިތުރު އަޑުއެހުމެއް މާދަމާ

ރައީސް އަބްދުالله ޔާމީން މީގެކުރިން ސުޕްރީމްކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި--

ރާއްޖޭގައި މިފަހުން ހިނގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ހިމެނޭ ވ. އާރަށުގެ މައްސަލައިގެ ދައުވާތަކުގެ އަޑުއެހުމެއް އާދީއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވާލުކޮށްފިއެވެ.

އާރަށު މައްސަލައިގައި ދައުވާ އުފުލާފައިވަނީ ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ މައްޗަށާއި، ޔޫސުފް ނަޢީމްގެ މައްޗަށެވެ.

މި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 11:30 ގައެވެ.

މިމައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ ބްރާސްފަތި ދުވަހުއެވެ. އެދުވަހުގެ އަޑުއެހުމުގައި ވަނީ ސަޓަޑޭ ފޮރެންސިކްސް އިން ތިން ޕެންޑްރައިވްއަކާއި ތިން އައިފޯނެއް ތަހުލީލު ކުރި ފަހުން އެ ފޯނުތަކާއި ޕެންޑްރައިވް ތަހުލީލު ކުރި ފުލުސް އޮފިސަރެއްގެ ހެކިބަސް ނަގާފައެވެ. އެހެކިވެރިޔާގެ ހެކިބަސް ނެގުން ގާތްގަނޑަކަށް ތިން ގަޑިއިރަށް ދެމިގެންދިޔައެވެ.

އާރަށު މައްސަލައިގެ ތަފްސީލު:

މިމައްސަލައާ ގުޅިގެން މީގެކުރިން ޕީޖީ އޮފީހުން ބުނެފައިވަނީ އަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމް އާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ.

މިމައްސަލައިގައި ހިމެނޭ ޔޫސުފް ނަޢީމްގެ މައްޗަށް އުފުލާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 510 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ދިނުމުގެ ދަޢުވާއެވެ.