Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ގައުމުގެ ދުޝްމަނުންނަކީ ސަރުކާރުގައި ތިބި ވެރިން

މެމްބަރު އާދަމް ޝަރީފް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ގައުމުގެ ދުޝްމަނުންނަކީ ސަރުކާރުގައި ތިބި ވެރިން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވެ ޓްވީޓް ކުރައްވާފައިވަނީ، އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްތެރޭގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިދިކޮޅަކީ ދުޝްމަނުން ކަމަށް ސިފަކޮށް އަދި އެ ފަރާތްތަކަށް ހިތްވަރު ނުދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގޮވާލުމާ ގުޅިގެންނެވެ.

އެ ހަބަރު ހިއްސާ ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ، އިދިކޮޅުން ވާހަކަ ދައްކަމުން އަންނަނީ ހަގީގަތަށް ބިނާކޮށް ކަމަށާއި، އަދި އެ ވާހަކަތަކަކީ ގައުމުގެ ހާލުގެ ދުލުން ދައްކާ ވާހަކަތައް ކަމަށެވެ.

"ގައުމުގެ ހަގީގީ ދުޝްމަނުންނަކީ ސަރުކާރުގައި ތިބި، ރައްޔިތުންނަށް ކަންކަން އޮޅުވާލާ ވެރިން. އެއީ ގައުމުގެ ޚާއިނުން." އާދަމް ޝަރީފްގެ ޓްވީޓްގައިވެއެވެ.

އާދަމް ޝަރީފް ވަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އަބަދުވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވެފައެވެ.