Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ރައީސް ސޯލިހް ހޮޅުދު އަށް ވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނ. ހޮޅުދޫއަށް ވަޑައިގެންފިއެވެ.

ރައީސް ސޯލިހް ހޮޅުދޫއަށް ވަޑައިގެންފައިވަނީ ހޮޅުދޫ މޭނާސްކޫލުގެ އަލިމަސް ޔޫބީލް ފާހަގަކުރުމަށް ބާއްވާ ހާއްސަ ޖަލްސާގައި ބައިވެރިވެލެއްވުމަށެވެ.

ހޮޅުދޫއަށް ވަޑައިގެން ރައީސް ސޯލިހް ވަނީ އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލު ކުރައްވާފައެވެ.

ރައީސް ސޯލިހް އިއްޔަ ވަނީ ށ. ފުނަދޫއަށް ވަޑައިގެން އެ ރަށު ސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ. އަދި މިއަދު ވަނީ އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގިއަށް މަސައްކަތްކުރާ ކޮމިޓީއާވެސް ބައްދަލުކުރައްވާފައެވެ.