ސްވިމިން އެސޯސިއޭޝަނުން ބާއްވާ ދެ މުބާރާތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސްޕޮންސަކޮށްގެން ބާއްވާ ދެ މުބާރާތަކީ 18 ވަނަ އިންޓަ ސްކޫލު ފެތުމުގެ މުބާރާތާއި ފަސް ވަނަ ކިޑްސް ފެސްޓިވަލް އެވެ.
މާލޭގައި ބާއްވާ މި ދެ މުބާރާތުގެ ތެރެއިން ފެތުމުގެ މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ މި އަހަރުގެ އޮގަސްޓް 30 އިން ސެޕްޓެމްބަރު މަހުގެ 3 އަށެވެ. އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޮގަސްޓް މަހުގެ 21 އާ ހަމައަށެވެ. ސެޕްޓެމްބަރުު 3-7 އަށް ބާއްވަން ތާވަލުކޮށްފައިވާ ކިޑްސް ފެސްޓިވަލްގައި ބައިވެރިވާން ދީފައިވާ ސުންގަޑި އަކީ އޮގަސްޓް މަހުގެ 28 އެވެ.
މިކަމަށް އެދޭ ފޯމް ސްވިމިން އެސޯސިއޭޝަންގެ ވެބްސައިޓުން އޮގަަސްޓް 1 އިން ފެށިގެން ލިބޭނެ އެވެ.