Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

އަނެއްކާ ވެސް ބެސްޓްބައިގެ ފިހާރަ ފަޅާލައިފި

ފޮޓޯ: ބެސްޓްބައި

ބެސްޓްބައި މޯލްޑިވްސްގެ މާވެޔޮމަގު ފިހާރަ އަނެއްކާވެސް ފަޅާލައިފިއެވެ.

ސީލިންގް ހަލާކުކޮށްލައިގެން އެ ފިހާރަ ފަޅާލާފައިވާއިރު އެލާމް އަޅަން ފެށުމާއެކު، ވަގު ފިލާފައިވާކަމަށް މައުލޫމާތުލިބެއެވެ.

އެފިހާރަ ފަޅާލި މީހާ ފިލައިގެން ދަނިކޮށް މަގުމަތިން ހައްޔަރުކޮށްފައިވާ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

ފޮޓޯ: ބެސްޓްބައި

މިދިޔަ އަހަރުގެ ޖޫން 14 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ވެސް ސީލިންގް ހަލާކު ކޮށްލައިގެން ބެސްޓްބައިގެ މިފިހާރަ ފަޅާލާފައިވެއެވެ. އެ ފަހަރު އެފިހާރައިން ވައްކަން ކުރި މީހާގެ މައްޗަށް ވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.