ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނ. އަތޮޅުގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނެފައިވަނީ މި ބައްދަލުވުމުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ނ. ހޮޅުދޫ ކައުންސިލް އިދާރާގައި ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގެ އިސްވެރިން، މި ސަރުކާރުން ސިއްހީ ދާއިރާއަށް ގެންނެވި ހެޔޮބަދަލުތައް ފާހަގަކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގެ އިސްވެރިން ފާހަގަކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި ބަޖެޓުގެ ދަތިކަމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި ބޭނުންވާ މިންވަރަށް އިންސާނީ ވަސީލަތް ހަމަޖެހިފައި ނެތުމާއި އަދި ސިއްހީ ދާއިރާގެ ތަރައްޤީއަށް މުހިންމު ކަންކަން ހިމެނެއެވެ.
President @ibusolih meets with management teams of Noonu Atoll’s healthcare facilities and discusses ways to address their challenges and further improve healthcare services in the region. pic.twitter.com/5CsLXVYQbV
— The President's Office (@presidencymv) June 19, 2022
މި ބައްދަލުވުމުގައި ރައިސް ސޯލިހް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހެލްތު ސެންޓަރުތަކުގެ ބަޖެޓު އެ ސެންޓަރަކުން މެނޭޖު ކުރެވޭގޮތަށް ބަދަލުކުރެއްވުން ކަމުގައެވެ. އަދި ސިއްހީ ދާއިރާގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމާބެހޭގޮތުން ކަމާގުޅޭ ދާއިރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.