Last Updated: April 24, 23:11
Wednesday, April 24, 2024
ދުނިޔެ

މިއީ އިންޓަނެޓް އެކްސްޕްލޯރާގެ "މަގުބަރާ"

މި މަހުގެ 15 އަކީ ބައެއް މީހުންނަށް ވަރަށް ހިތާމަވެރި ކަޅު ދުވަހެކެވެ. ސަބަބަކީ ކުރިން އެންމެ ފުރަތަމަ ބަރޯސާވާން ފެށި ވެބް ބްރައުޒާ، އިންޓަނެޓް އެކްސްޕްރޯލާ އެ ތާރީހުގައި "މަރުވެ، ވަޅުލުމެ" އެވެ. މި ހިތާމައިގެ ތެރެއިން އެންމެ ބޮޑަށް އަޅައިގަތް އެއް ކަމަކީ ދެކުނު ކޮރެއާގެ މީހަކު ކުރި ކަމެކެވެ.

އޭނާ ވަނީ އިންޓަނެޓް އެކްސްޕްލޯރާގެ މަގުބަރާއެއް ހަދައި، ފޮޓޯ ނަގައި އާންމުކޮށްފަ އެވެ. މިއާ އެކު މިކަންވީ މުޅި ދުނިޔެ ވެސް ހެއްވާލި ޖޯކަކަށެވެ. އަދި މި ވާހަކަ ވަރަށް ގިނަ މީޑިއާތަކުން ވެސް ގެނެސްދީފައިވެ އެވެ. ސޮފްޓްވެއާ އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތްކުރާ ޖަންގް ކީ-ޔަންގް އިންޓަނެޓް އެކްސްޕްލޯރާގެ މަގުބަރާ ތައްޔާރުކުރަން 430،000 (330 ޑޮލަރު) ހޭދަކުރި އެވެ. މިއީ މަސް ދުވަހުގެ މަސައްކަތެވެ. ޖޫން 15 ގައި އެކްސްޕްލޯރާ "މަރުވާކަން" އެނގޭތީ ޔަންގް ދިޔީއޯ މަގުބަރާ ހަދަން ތައްޔާރުވަމުންނެވެ.

އޭނަ ހެދި މަގުބަރާގައި އިންޓަނެޓް އެކްސްޕްލޯރާ ސިފަކޮށްފައި ވަނީ "އެހެން ބްރައުޒާތައް ޑައުންލޯޑްކޮށްދޭން ފަސޭހަކޮށްދިން އެއްޗެއް" ގެ ގޮތުގަ އެވެ.

އިންޓަނެޓް އެކްސްޕްލޯރާ ވުޖޫދަށް އައީ އޮގަސްޓް 17، 1998 ގަ އެވެ. އެކަމަކު ދެހާހުގެ އަހަރުތަކުގައި އެހެން ބްރައުޒާތައް އުފަންވާން ފެށުމާ އެކީ އޭގެ މަގުބޫލުކަން ވަރަށް ބޮޑަށް ދަށްވާން ފެށި އެވެ. އެ ބްރައުޒާ އެންމެ ފަހުން މި ގެއްލުނީ 27 އަހަރު ފަހުންނެވެ.

ޔަންގް ރޮއިޓާސް އިން ބުނި ގޮތުގައި އޭނާ އިންޓަނެޓް އެކްސްޕްލޯރާ އަށް ހާއްސަކުރި މަގުބަރާ އިނީ އާއިލާގެ މީހަކު ދެކުނު ޔެންގޫ ސިޓީގައި ހިންގާ ކެފޭއެއްގެ ޓެރަސްގަ އެވެ. އެވެ. އޭނާ ބުނީ އޒާ އަކީ މަސައްކަތުގެ ވަރަށް ބޮޑު ބައިވެރިއެކެވެ. އަދި އެ ވަކިވެ ދިއުމަކީ ވަރަށް ބޮޑު ހިތްދަތި ކަމެއް ބުންޏެވެ.

"އަހަންނާއި އިންޓަނެޓް އެކްސްޕްލޯރާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮތީމަ އެ ވަކިވުމަކީ ހަގީގަތުގައި ވެސް ވަރަށް ހިތާމައެެއް." ޔަގަންގް ބުންޏެވެ.