Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ޕީޖީ ޝަމީމްގެ ޓްވިޓާ އެކައުންޓް މިހާރު ފަޅަށް

ޕްރޮސެކިއުޓާ ޖެނެރެލް (ޕީޖީ) ހުސައިން ޝަމީމް ޓްވިޓާ ބޭނުންކުރުން ހުއްޓަވާ ލައްވައިފި އެވެ.

ކުރިން ވަރަށް އެކްޓިވްކޮށް ޓްވިޓާގައި އުޅުއްވި ޝަމީމް އެ ޕްލެޓްފޯމާ ފެއަށް ޖެހިވަޑައިގެންފައި މި ވަނީ އޭނާއާ ގުޅުން ހުރި "ނުކިއްސަރު" ވާހަކަތަކެއް ދެކެމުން އަންނަ ދަނޑިވަޅެއްގަ އެވެ. އެގޮތުން ޝަމީމް ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ ވާހަކަތަކެއް ވެސް ފެންމަތިފައިވާ އިރު، އޭނާ މަގާމުން ވަކިކުރުމަށް އެމްޑީޕީގެ މެމްބަރުންތަކެއް އަންނަނީ މަސައްކަތްކުރަމުންނެވެ.

ޝަމީމުގެ ޓްވިޓާ އެކައުންޓް ޑިއެކްޓިވޭޓްކުރެއްވި އިރު އޭނަ ފޮލޯކުރަމުން ދިޔަ މީހުންގެ އަދަދު 34،000 އަށް އަރަ އެވެ. އަދި ޝަމީމަކީ ޓްވިޓާގައި އެކިއެކި ކަންކަމާ ގުޅުވައިގެން ޝުއޫރުތައް ފާޅުކުރައްވައި އަދި އޭނާއާ ބެހޭ ގޮތުން ދައްކާ ވާހަކަތަކަށް އޭގައި ރައްދު ވެސް ދެއްވަމުން ގެންދެވި ބޭފުޅެކެވެ.

ޝަމީމަކީ އަމިއްލަ ނަމުގައި ބްލޮގެއް ވެސް ގެންގުޅުއްވާ ބޭފުޅެކެވެ.