Last Updated: August 19, 06:40
Tuesday, August 19, 2025
ސިޔާސީ

އަތޯ ރައްޔިތުންނާ ބައްދަލު ކުރަނީ

ފޭދޫ ދާއިރާގެ ކައުންސިލާރ އަސްވާން

އައްޑޫ ސިޓީ ކައުންސިލްގައި ފޭދޫ ދާއިރާ ތަމްސީލް ކުރައްވާ ކައުންސިލަރު އަބްދުﷲ އަސްވާން (އަތޯ) މިރޭ ފޭދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިރޭ ފޭދޫ ސްކޫލުގައި އޮންނަ މި ބައްދަލުވުމަށް ފޭދޫގެ ހުރިހާ ގެއަކަށް، ފޭދު އަވަށު އޮފީހުން ވަނީ ދައުވަތު ފޮނުވައިފަ އެވެ. ބައްދަލުވުން ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 8:15 ގަ އެވެ.

އަތޯ އިސްކޮށް ހުންނަަވައިިގެން ބާއްވާ ބައްދަލުވުމުގައި އައްޑޫގެ އެހެން ދާއިރާތަކުގެ ކައުންސިލަރުން ވެސް ބައިވެރިވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ފެބްރުއަރީ 26 ވަނަ ދުވަހު ކައުންސިލަރުން ހުވާ ކުރެއްވުމަށް ފަހު، މި ދުވަސްކޮޅު ގެންދަވަނި ދާއިރާތަކުގެ ރައްޔިތުންނާ ބައްދަލުކޮށް އެކިއެކި ކަންކަމާ ގުޅޭ ގޮތުން ހިޔާލު ބަދަލުކޮށް މަޝްވަރާ ކުރައްވަމުންނެވެ.