Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ޑރ. އިޔާޒަށް އަނބުރާ ވަޒީފާ ދޭން އަންގައިފި

ޑރ. މުހައްމަދު އިޔާޒު: ފޮޓޯ / އަވަސް

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ، އެމްއެންޔޫއިން ޑރ. މުހައްމަދު އިޔާޒު ވަކިކުރި މައްސަލަ ޑރ. އިޔާޒާ އެއްކޮޅަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމައިފިއެވެ.

ޑރ. އިޔާޒް އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުން ވަކިކޮށްފައިވަނީ 2021 ޖުލައި 1 ވަނަ ދުވަހުއެވެ. ވަޒީފާއިން ވަކިކުރުމުން ޑރ. އިޔާޒް އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުއްވިއެވެ.

އެ މައްސަލައިގައި މިއަދު ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ ޑރ. އިޔާޒް މަގާމުން ވަކިކޮށްފައިވަނީ ގޯހުން ކަމަށާއި، އެހެންކަމުން ކުރިން ލިބުނު މުސާރައާއިއެކު 7 ދުވަހުގެ ތެރޭގައި ވަޒީފާ އަނބުރާ ދިނުމަށެވެ.

ޑރ. އިޔާޒް މަގާމުން ވަކިކޮށްފައިވަނީ އަންހެން ކުދިން ހިތާނުކުރުމަށް ހިތްވަރުދީ ކުރެއްވި ޓްވީޓެއްގެ މައްސަލައިގައެވެ. އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލާފައިވެއެވެ.