Last Updated: June 29, 21:20
Monday, June 29, 2026
ސިޔާސީ

ހުޅުދޫ މަގު ހަދާކަށް އަދި ނުފަށާ!

ހުޅުދޫގެ މަގެއް ހަދަން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން މިދިޔަ ހުކުރު ދުވަހު އިފްތިތާހް ކުރި ނަމަވެސް މަގު ހަދަން ނުފަށާކަން "އައްޑޫ ލައިވް" އަށް އެނގިއްޖެއެވެ.

އެމްއާރްޑީސީގެ ހުޅުދޫ ސައިޓުގައި މަސައްކަތް ކުރައްވާ މުވައްޒަފަކު ނަން ހާމަ ނުކުރުމަށް އެދި ބުނީ ހުޅުމީދޫގައި ތިބި އެމްއާރްޑީސީގެ ވެހިކަލްތަކުގެ އަހަރީ ފީ ނުދައްކައި އޮތުމުގެ ސަބަބުން ރަޖިސްޓްރީތައް ބާޠިލް ވެފައިވާ ކަމަށެވެ. އަދި އެތަނުގެ ވެހިކަލަށް އަޅަން ބޭނުންވާ ޑީސަލް ނެތްކަމަށްވެސް އޭނާ ބުންޏެވެ.

އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމް މިއަދު ވިދާޅުވީ ވެހިކަލްތަކުގެ ފީ މިއަދު ނޫނީ މާދަމާ ދައްކާ ވެހިކަލް ތައް މަގުހަދަން ނެރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހުޅުމީދޫ ސައިޓްގައި ބޭނުން ކުރާ ގިނަ ވެހިކަލްތައް ހަލާކުވެފައިވާ އިރު އެއައް ބޭނުންވާ ސްޕެއާވެސް އަދި އެރަށައް ފޮނުވާފައި ނުވެއެވެ. އެހެންވެ މަގު ހެދުމުގެ މަސައްކަތް އަދި ފެށިފައި ނުވެއެވެ.

މަސައްކަތަށް ބޭނުންވާ ސިމެންތި ރަށުން ފަހުން ފައިސާ ދައްކާ ގޮތަށް ހޯދަން އުޅުމުން އެއްވެސް ފަރާތަކުން ނުދިނުމުން މިހާރު އެސްޓިއޯއަށް އެދިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ރޯޑް ކޯޕަރޭޝަނުން ދަނީ މާޗް 22ގެ ކުރިން ހަދަން ފަށާފައިވާ މަގުތައް ނިންމާލެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެ.