Last Updated: June 29, 21:20
Monday, June 29, 2026
ކުޅިވަރު

އޭއެފްސީ ކޯޑިނޭޝަން ކޮމެޓީ އައްޑޫގައި

އަންނަ މޭއި މަހުގެ 19 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖްކަޕަށް ހިތަދޫ ޒޯން ސްޓޭޑިއަމްގައި ކުރަމުންދާ މަސައްކަތް ބެލުމަށް އޭއެފްސީގެ ކޯޑިނޭޝަން ކޮމެޓީގެ ޓީމެއް އައްޑޫގައި ހަރަކާތްތެރިވަމުން އެބަދެއެވެ.

ޔޫތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އޭއެފްސީގެ ކޯޑިނޭޝަން ޓީމުން މުބާރާތާއި ގުޅޭ ގޮތުން ކުރަން ހުރި ކަން ކަމާއި ސްޓެޑިއަމްގެ މަސައްކަތާއި، ދަނޑުގެ ލައިޓް ޖެހުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ ދިރާސާ ކޮށްފައެވެ.

އޭއެފްސީ ޗެލެންޖްކަޕް ބޭއްވުމަށް ހިތަދޫ ޒޯން ސްޓޭޑިއަމްގެ ސިޑިބަރި ބޮޑުކޮށް ވަށައިގެން ފެންސް ޖަހަމުން އަންނަ އިރު ކުރިން ހަމަޖެހިފައި އޮތީ ދަނޑުގެ ވިނަގަނޑުވެސް ބަދަލު ކުރާ ގޮތަށެވެ. ނަމަވެސް މިހާރު ވަގުތު ނެތުމުން އެކަން ނުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ހަބަރު ލިބިފައިވެއެވެ.

stadium 2

ޒޯން ސްޓޭޑިއަމްގެ ސިޑިބަރި ހެދުމާއި ވަށައިގެން ފެންސް ޖެހުމުގެ މަސައްކަތް އެޕްރީލް 22 ވަނަ ދުވަހަށް ނިންމާނެކަމަށް އަމީން ކޮންސްޓަރަކްޝަން އިން ވަނީ ބުނެފައެވެ.

އޭއެފްސީ ޗެލެންޖް ކަޕްގައި އައްޑޫގައި ކުޅުމަށް ހަމަޖެހިފައިވަނީ ގްރޫޕް ބީގެ މެޗްތަކެވެ.