Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ބަނޑޮސް ގޮނޑުދޮށް ހިމާޔަތްކުރަން ބޭނުންވާ ބޮޑުހިލަ ގެންގޮސްފި

ކ. ބަނޑޮސް ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފިއެވެ.

އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ ބަނޑޮސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ (ހުޅަނގު – އިރުމަތީ ކޮޅު) މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 557 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ ކްލައިންޓަކީ އޯރކިޑް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އެމްޓީސީސީއަށް ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.