މިއަދުގެ ފަލަ ސުރުހީއަކީ ފުލުހުން ސަލާމަތީ ކަންކަން ބަލަހައްޓަމުންދިޔަ ތަނަކަށް ބަޔަކު ގަދަކަމުން ވަދެ އެތަނުގައި ހުރި އެއްޗިއްސާއި މީހުންނަށް ހަމަލާދީ ހަމަނުޖެހުން ހިންގި މައްސަލައެވެ. އެކި ގައުމިތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާއި ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންނާއި އަދިވެސް މަތީ ފެންވަރުގެ ބޭފުޅުންގެ އިތުރުންވެސް އިތުރު ބަޔަކު ތިބި ތަނަކަށް ބަޔަކު މީހުން، ފުލުހުންގެ ސަފު ފަޅާލުމަށްފަހު ވަނުމެވެ.
އެއްވެސް ހާލެއްގައި އެތަނުގައި ކުރަން ނިންމާފައި އޮތް ކަންތަކާ ގުޅޭގޮތުން ނުވަނަ އެކަމުގެ "ހަރާމް ހަލާލާ" ގުޅޭގޮތުން ވާހަކައެއް ނުދައްކާނަމެވެ. ހަގީގީ މައްސަލައަކީ ދިވެހި ފުލުހުންގެ ސަފުތަކެއް ފަޅާލުމަށްފަހުވަދެ އެފަދަ ނުރައްކާތެރި ހަމަނުޖެހުމެއް ހިންގުމެވެ.
Dhandah vadhegannaane kamah reyhsuren aee iulaanukuramun.
Keehvetho neyngi onnan vee? Thayyaaru nuveveynvee? Nuhuttuveynvee?
Utter incompetence and negligence as in the case of #May6 bomb attack targeted at Pres.@MohamedNasheed! @ibusolih @MariyaDidi @M_Hameedh @NCTCMaldives https://t.co/YzDMF4VT1t
— Saif Fathih (@aekofathih) June 21, 2022
މީގެކުރިންވެސް އެކި ފަހަރުމަތިން ހިނގާފައިހުރި ކަންކަމާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާމެދު ރައްޔިތުން އެކި ގޮތްގޮތަށް ސުވާލު އުފައްދާފައި އެބަހުއްޓެވެ. މިއަދުގެ ހާދިސާއިންވެސް، އެ ސުވާލުތައް އުފެދުމުގެ ފުރުސަތު އިތުރުވުން ފިޔަވާ ހަމަ އެއްވެސް ކަމެއް ނުވިއެވެ.
"މިވަރު ބޮޑުކަމެއް ވާން ދޫކޮށްލީތޯ، ނުވަތަ މިހާ ބޮޑުކަމެއް ރާވަމުންދިޔަކަން ހަމަ ނޭނގިއޮތީތޯ ނުވަތަ އެނގިހުރެމެ ހުއްޓުވުމުގެ ޤާބިލްކަން ނެތީތޯ ސުވާލު އުފެދޭ." އުނގޫފާރު ދާއިރާގެ މެމްބަރު ވަހީދުގެ މިވާހަކަފުޅަކީ، މިކަމުގެ ނުރައްކާތެރިކަން އިހުސާސުކުރެވޭ ފަރާތްތަކުގެ ހިތުގައި ހިނގާނޭ ކަންކަމެވެ.
ފުލުހުން ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ތަނަކަށް، ފުލުހުންގެ ސަފު ފަޅާލުމަށްފަހު ބަޔަކު ވަދެގަތުމަކީ އެއްވެސް ގޮތަށް ބަލައިގަނެވޭނެކަމެއް ނޫނެވެ. އެއީ ފުލުހުންގެ ބޮޑު ފައިލްވުމެކެވެ. ސެކިއުރިޓީގެ މިފަދަ ކަންކަމުގައި ތަކުރާރުކޮށް މި ފެއިލްވުން ފެންނަމުން އަންނައިރު، މިކަމުގައި އެ އިދާރާއެއްގެ އެންމެ އިސްފަރާތުން ވެސް ޖަވާބު ދާރީވާންޖެހޭނެއެވެ. ކަން ހިނގާދިޔަގޮތް ސާފުކޮށް އިނގެން ޖެހޭނެއެވެ. ގޯސް ހެދި ދިމާލެއް ސާފުވާންޖެހޭނެއެވެ. އެޅޭ ފިޔަވަޅުތައް ހާމަވާންޖެހޭނެއެވެ.
ބަޔަކަށް ހަމަލާތީ ތަނަށް ގެއްލުންދިން ފަހުން ރަޔަޓް ފުލުހުން ވަދެ މައްސަލަ ހަންމަތަ ކުރިނަމަވެސް، މީގެން ފެނިގެންދަނީ ބަޔަކު ބޭނުންވެއްޖެ ނަމަ ފުލުހުންގެ ސަފުތައް ފަޅާފައިވެސް ވަދެވުމުގެ ފުރުސަތު އޮތްކަމެވެ. މިއީ ނުރައްކާތެރި ކަމެކެވެ. މިކަމާމެދު ހަރުކަށި ފިޔަވަޅު ނާޅައިފިނަމަ މިފަދަ ކަންކަން ތަކުރާރުވުމުގެ ނުރައްކާ އަދި މާބޮޑެވެ.
Mai vi Islam dheenaa gaumattakaa. Allahu Akbar pic.twitter.com/OnFZFxW4eJ
— Abdulla Xifan Zahid (@xdiffyx) June 21, 2022