Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ހަމަނުޖެހުމާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެފި

މިއަދު ހެނދުނު ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓަށް ހުރަސްއަޅާ ހިންގި ހަމަނުޖެހުންތަކުގެ މައުލުމާތު ހިއްސާ ކޮށްދިނުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން ބުނެފައިވަނީ މިއަދު ހެނދުނު ނެޝަނަލް ސްޓޭޑިއަމްގައި ހިނގި ހާދިސާއާ ގުޅޭ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ އެއްކުރުމަށް އޮންލައިން ޕޯޓަލްއެއް ގާއިމުކޮށްފައިވާ ކަމަށެވެ.

މައުލޫމާތު ހިއްސާކުރުމަށް ހާއްސަކުރެވުނު ޕޯޓަލް: https://www.police.gov.mv/helpus/casetip

ފުލުހުން ބުނެފައިވަނީ މި ޕޯޓަލްއަށް މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ހިއްސާކުރާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް ހަ މީހަކު ހައްޔަރުކޮށްފައިވެއެވެ.

މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ރައިސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ ވިދާޅުވެފައެވެ.