Last Updated: April 20, 11:32
Saturday, April 20, 2024
ޚަބަރު

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

ކަރަންޓުގެ ހިދުމަތް ދެމުން ގެންދާ އެންމެ ބޮޑު ކުންފުނި ސްޓެލްކޯ-:

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.

ސްޓެލްކޯ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އަދި ވީއެންމެ އަވަހަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި ދިމާވާނެ ދަތިތަކަށް މާފަށް އެދޭ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

ކަރަންޓް ކެނޑިފައިވަނީ މާފަންނުގެ ބޮޑު ބަޔަކުން ކަމަށް މައުލޫމާތު ލިބެ އެވެ.

ދާދިފަހުން ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން މުޅިން މާލެ އިން ވެސް ކަރަންޓް ކެނޑިފައިވެ އެވެ.