Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ހިތަދޫ މަސްވެރިންގެ ދަފުތަރެއް އެކުލަވާލަނީ

އައްޑޫ ހިތަދޫ މަސްވެރިންގެ ދަފުތަރެއް އެކުލަވާލަން ނިންމައިފި އެވެ.

ކައުންސިލުން ބުނީ މަސްވެރިންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކުރުމުގެ ގޮތުން ކަޅުބިލަ މަހުގެ މަސްވެރިކަމާއި ކަންކެލި/ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމަށް ރަޖިސްޓަރީކޮށްފައިވާ ދޯނިފަހަރުގެ ކެޔޮޅުންނާއި ފަޅުވެރިން ހިމެނޭ ގޮތަށް ދަފުތަރެއް އެކުލަވާލަން ހަމަޖެހިފައިވާ ކަމަށެވެ.

އެހެންވެ ދޯނީގެ ރަޖިސްޓަރީ ކޮޕީ އާއި ކެޔޮޅު އަދި ފަޅުވެރިންގެ އައިޑީކާޑު ކޮޕީއާ އެކު ގުޅޭނެ މޮބައިލް ނަންބަރު މި މަހުގެ 28 ގެ 12:00 ގެ ކުރިން ހިއްސާކޮށްދޭން އެދިފައިވެ އެވެ. އެ މައުލޫމާތު 6885753 ނަމްބަރަށް ގުޅައިގެންނާއި މި މެއިލަށް [email protected] ފޮނުވައިގެން ހިއްސާކުރެވޭނެ އެވެ.