Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ފުލުހުން އަމަލުކުރި ގޮތާމެދު ސީޕީ ކަންބޮޑުވުން ފާޅުކުރައްވައިފި

ފޮޓޯ: ނިޝާން އަލީ / މިހާރު

އިއްޔެ ހެނދުނު ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓަށް ހުރަސްއަޅާ ހަމަލާދިން މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާމެދު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސީޕީ ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުނީ އިއްޔަ ދަނޑުގައި ހިނގާދިޔަ ކަންކަމުގައި ފުލުހުންގެ ސެކިއުރިޓީ ބްރީޗްވެ ހިނގާދިޔަ ކަންކަމުގައި ފުލުހުން އަމަލުކުރި ގޮތާމެދު ކަންބޮޑުވާ ކަމަށެވެ.

މިކަމުގައި ފުލުހުންގެ އެތެރޭގެ ރިވިއުއެއް ހަދާނެކަން ފާހަގަކޮށް ސީޕީ ވިދާޅުވީ މިކަމާ ގުޅިގެން ކަމާބެހޭ އެހެން ފަރާތްތަކުން ކުރިއަށް ގެންދާ އިންކުއަރީތަކަށްވެސް އެއްބާރުލުން ދޭނެކަމަށެވެ.

މި ހަމަނުޖެހުމުގައި ބައިވެރިވި މީހުންނަށް ފިޔަވަޅު އެޅުމަށް ހުރިހާ މަސައްކަތެއް ކުރާއިރު, ފުލުހުންގެ އޮޕަރޭޝަންތައް ހަރުދަނާ ކުރުމަށް ވެސް މަސައްކަތް ކުރަމުންދާނެ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

ސީޕީ ހަމީދު މިފަދައިން ވިދާޅުވެފައިވާއިރު އިއްޔަ ހިނގާދިޔަ ކަންކަން ބެލުމަށް ވަޒީރުންގެ މަޖިލީހުންވެސް ވަނީ ސަބް ކޮމިޓީއެއް ނަގާފައެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް ހަ މީހުން ހައްޔަރު ކޮށްފައިވެއެވެ.