Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

މަހުލޫފަށް މަރުގެ އިންޒާރު ދީފި

މިނިސްޓަރު އަހުމަދު މަހުލޫފް، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި އާއިލާއަށް މަރުގެ އިންޒާރު ދީފިއެވެ.

މަހުލޫފް ސޯޝަލް މީޑިއާގައި ވަނީ އޭނާއަށް އިންޒާރު ދިފައިވާ މެސެޖްތަކުގެ ސްކްރީންޝޮޓެއް ހިއްސާ ކޮށްފައެވެ.

އެމެސެޖު ތަކުގައި ބުނެފައިވަނީ، އެ މެސެޖުތަކަކީ އިންޒާރެއް ކަމަށާއި، "މިއަދު ވެސް އަތުގައި ޖެހުނު ނަމަ ނޮޅާލީމުސް" ކަމަށެވެ. އަދި އެއްވެސް ޖަމިއްޔާއަކަށް އަދި އޭގެތެރެއިން މީހަކަށް ފިޔަވަޅެއް އެޅިނަމަވެސް މަހުލޫފާއި، މަހުލޫފްގެ އާއިލާގެ ޒަމާން ދުއްވާލާނެ ކަމަށެވެ.

މި މެސެޖުތައް ހިއްސާކޮށް މަހުލޫފް ވިދާޅުވެފައިވަނީ، "ތިޔަކަހަލަ ކޮހެއްގެއަތުން މަރުވެއްޖެޔާ ޔަގީނުންވެސް ވާނީ ޝަހީދަކަށް" ކަމަށެވެ. އަދި ބިރު ދައްކައިގެން އެއްވެސް ނަތީޖާއެއް ހާސިލު ނުވާނެ ކަމަށްވެސް ބުނެެފައިވެއެވެ.

އަންގާރަ ދުވަހު ހެނދުނު ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓަށް ހުރަސްއަޅާ ހަމަލާދިން މައްސަލައިގައި އިއްޔަވެސް ފުލުހުންގެ ހައްޔަރަށް ބައެއް މީހުން ގެންގޮސްފައިވެއެވެ. އޭގެތެރޭގައި ދީނީ އިލްމުވެރިންވެސް ހިމެނެއެވެ.

އެދުވަހުގެ ހަމަލާ ފުލުހުން އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ. އަދި އެކަން ބެލުމަށް ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްވެސް އެކުލަވާލާފައިވެއެވެ.