ރ. ދުވާފަރު މަގުހެދުމުގެ މަސައްކަތް ނިމުމާ ގާތަށް ގޮސްފައިވާކަން އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ 93 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ތާރު އެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 17،790 އަކަ މީޓަރުގެ ދިގު މިނުގެ 9 މަގެއް ހެދުމާއި، 6923 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، 17,790 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި، ފެންހިންދާ ނިޒާމެއްް ޤާއިމުކުރުމާއި، މަގު ބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ދުވާފަރު މަގުހެދުމުގެ މަޝްރޫއަކީ 37.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.