އައްޑޫ ސިޓީގައި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުގެ އޮފީސްތަކަށް ހާއްސަކޮށްގެން ބާއްވާ "ދި ފޭދޫ ސްޕޯޓްސް ފުޓްސަލް ކަޕް 2022"ގެ ފައިނަލް މެޗް މިރޭ އޮންނާނެ އެވެ.
ދި ފޭދޫ ސްޕޯޓްސްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތް ކުރިއަށްދާނީ އައްޑޫ ސިޓީ ފޭދޫ ދަނޑުގަ އެވެ.
މިރޭ ކުޅޭ ފައިނަލް މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ބީއެމްއެލް އާއި ފެނަކަ އެވެ. ފައިނަލް މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.
މުބާރާތުގެ ފައިނަލަށް ފެނަކަ ދަތުރުކޮށްފައިވަނީ ސެއިންޓް ރެޖިސް ވޮށްމުލި 1-0 އިން ބަލިކުރުމަށްފަހު އެވެ. އަދި ބީއެމްއެލް ފައިނަލަށް ދަތުރުކުރީ ކްލަބް އެމްޓީސީސީގެ މައްޗަށް 4-0 އިން ކުރި ހޯދައިގެންނެވެ.
މިރޭ ކުޅޭ ފައިނަލް މެޗު "އައްޑޫލައިވް" ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ އެސްޓީއޯ ކަމަށްވާއިރު ކޯ ސްޕޮންސަރަކީ ސައުތް ޕާމް ރިސޯޓެވެ.