ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ކަމަށް ބުނާ މީހަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެން އޭނާ ހައްޔަރުކޮށް، ފިޔަވަޅު އަޅަން ރާއްޖޭގެ އިދިކޮޅު ޕާޓީތަކުން ގޮވާލައިފި އެވެ.
މިއަދު އާންމުވި ވީޑިއޯއާ ގުޅިގެން ޕީޕީއެމާއި ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ވީޑިއޯގެ ހަގީގަތް ދެނެގަތުމަަށްޓަކައި ފުރިހަމަ ތަހުގީގެއް ހިންގަން ޖެހޭ ކަމަށެވެ. ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ނާޒިމްގެ ފަރާތުން ފެންމަތިވު ފަދަ ބަދުއަހުލާގީ އަދި ލާދީނީ ކަންކަން ކޮށްފައިވާ މީސްމީހުން މި ސަރުކާރުން ގައުމުން ބޭރަށް ކުރިން ވެސް ފުރުވާލާފައިވެ އެވެ. އެހެންވެ މިފަދަ މިކަން އިތުރަށް ތަކުރާރުކޮށް ނުކޮށް ނާޒިމް ހިފައި ހައްޔަރުކޮށް އޭނަގެ މައްސަލަ ކަމާ ބެހޭ މުއައްސަސާތަކުން ތަހުގީގުކުރަން ގޮވާލާފައިވެ އެވެ.
Completely false
— Nazim Sattar (@nazimsat) June 24, 2022
"ސިޔާސީ ގޮތުން ބާރު ގަދަ އާއިލާއަކަޑށް ނިސްބަތްވުމަކީ ފާހިޝް މުޑުދާރު އަމަލު ހިންގައި ގާނޫނާހިލާފުވުމަށް ދެވޭ ހުއްދައަކަޑްވެގެން ނުވާނެ،" ބަޔާނުގައި ބުންޏެެ. "ވަކި ޢާއިލާއަކަށް ނުވަތަ ވަކި ނަސްލަކަށް ނިސްބަތް ވީ ނަމަވެސް ޤާނޫނަކީ އެންމެންގެ މައްޗަށް ހަމަހަމަކަމާއެ ކު ހިނގަން ޖެހޭނެ އެއްޗެއް."
Miadhu hendhunussure magey fahathun alhaiganegen thi ulhenee commonwealth jalsa othee Rwanda ge ey bro @axanner
— Nazim Sattar (@nazimsat) June 24, 2022
މިއަދު އާންމުވި ވީޑިއޯއެއްގައި ފެންނަނީ ކޮޓަރިއެއްގެ ތެރޭގައި ވަރަށް ފާޅުކަން ބޮޑުކޮށް ނާޒިމު ކަމަށް ބުނާ މީހާ ޒުވާން އެހެން ފިރިހެނަކާ އެކީއެއްޖިންސުން ގުޅުން ހިންގާ ތަނެވެ. މި ވީޑިއޯއާ ގުޅިގެން ނާޒިމް ބުނެފައި ވަނީ އެއީ ހަގީގަތެއް ނޫން ކަމަށެވެ. މި މައްސަލާގައި އޭނާ ހައްޔަރުކުރަން މިހާރު ވަރަށް ގިނަ ބަޔަކު އަންނަނީ ޓްވިޓާގައި ގޮވައިލަމުންނެވެ.
@M_Hameedh arrest this person now! U can arrest sheikhs even when they were not there in stadium. This is enough evidence to arrest for such a crime. Addu Amindhatha arrest kurevey! Far too many such cases and u simply ignore! Arrest and investigate! #ArrestNazimSattar
— •🦂 (@kareembei) June 24, 2022
ފުލުހުން މިއަދު ބުނީ ގިނަ އަދަދެއްގެ މީހުން ހިމެނޭ ގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމާ ގުޅިގެން އެމައްސަލައިގެ ތަހުގީގު މީގެކުރިން ފަށާފައިވާ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި މިއަދު އާންމުވި ވީޑިއޯއާ ގުޅިގެން އެވީޑިއޯގައި ހިމެނޭ މީހުންނާއި ގުޅޭ މައްސަލަ މިއަދު ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ވަނީ މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ބުނެފަ އެވެ.