Last Updated: May 11, 06:48
Saturday, May 11, 2024
ޚަބަރު

މޫސުން ގޯސްވެގެން ފައިނަލް މެޗު ފަސްކޮށްފި

:އައްޑޫގެ ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުގެ އޮފީސްތަކަށް ހާއްސަކޮށްގެން ބާއްވާ "ދި ފޭދޫ ސްޕޯޓްސް ފުޓްސަލް ކަޕް 2022"ގެ ފައިނަލް މެޗް މާދަމާ ރެއަށް ފަސްކޮށްފި އެވެ.

މި މުބާރާތް އިންތިޒާމު ކުރާ ދި ފޭދޫ ސްޕޯޓްސް އިން ބުނީ ފައިނަލް މެޗު ފަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. ފައިނަލް މެޗު ދެން އޮންނާނީ މާދަމާ ރޭ 9:00 ޖަހާއިރު ކަމަށް ދި ފޭދޫ ސްޕޯޓްސް އިން ބުނެ އެވެ.

މާދަމާ ރޭ ކުޅޭ ފައިނަލް މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ބީއެމްއެލް އާއި ފެނަކަ އެވެ.

މުބާރާތުގެ ފައިނަލަށް ފެނަކަ ދަތުރުކޮށްފައިވަނީ ސެއިންޓް ރެޖިސް ވޮށްމުލި 1-0 އިން ބަލިކުރުމަށްފަހު އެވެ. އަދި ބީއެމްއެލް ފައިނަލަށް ދަތުރުކުރީ ކްލަބް އެމްޓީސީސީގެ މައްޗަށް 4-0 އިން ކުރި ހޯދައިގެންނެވެ.

ފައިނަލް މެޗު "އައްޑޫލައިވް" ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ އެސްޓީއޯ ކަމަށްވާއިރު ކޯ ސްޕޮންސަރަކީ ސައުތް ޕާމް ރިސޯޓެވެ.