ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން "ހިންގާ" މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން އޭނާ މިރޭ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން އޭނާއާ ސުވާލުކުރި ނަމަވެސް ނާޒިމް މިއަދު އެކި ފަހަރު މަތިން ކޮށްފައިވާ ޓްވީޓްތަކެއްގައި ވަނީ އެ ވީޑިއޯގައި ފެންނަނީ އޭނާ ނޫން ކަމަށް ބުނެފަ އެވެ. އަދި އެއީ އަބުރު ގެއްލުވައިލުމުގެ މަގުސަދުގައި ބްލެކްމެއިލްކުރުމުގެ ގޮތުން ބަޔަކު ހަދައިގެން އުޅޭ އެއްޗެއް ކަމަށް ބުނެފައިވެ އެވެ.
🚨#Breaking: Lawyer Nazim Sattar @nazimsat video massalaiga fuluhah gengoss suvaalu koffi : @DhiyaresNews pic.twitter.com/QWn7WaPN1q
— #MvCrisis (@MvCrisis) June 24, 2022
ނަމަވެސް އެ ވީޑިއޯ ފެނުނު މީހުންނާއި އެއިން ނަގާފައިވާ ސްކްރީންޝޮޓްތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުކޮށްފައިވާ އިރު، ގިނަ ބަޔަކު ބުނަމުން އަންނަނީ އެއިން ފެންނަނީ ނާޒިމުކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އެހެންވެ އެތައް ބަޔަކު އަންނަނީ އޭނާ ހައްޔަރުކުރަން ގޮވައިލަމުންނެވެ. އަދި ބައެއް މީހުން ވަނީ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރާ ނާޒިމްގެ ވަކީލުކަމުގެ ހުއްދަ ބާތިލުކުރަން ވެސް ގޮވައިލަމުންނެވެ.
މިއަދު ހެނދުނު އާންމުކުރި އެ ވީޑިއޯގައި ފެންނަނީ "ނާޒިމު" އާއި ޒުވާން ފިރިހެނަކު ކޮޓަރިއެއްގެ ތެރޭގައި ބަރަހަނާވެގެން އެއްޖިންސުން ގުޅުން ހިންގާ މަންޒަރެވެ.