ބެންކޮކް އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެ އަށް ފަށައިފި އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި މެދުކަނޑާލާފައި އޮތް އެ އެއާލައިންގެ ދަތުރުތައް އަލުން ރާއްޖެ އަށް ފެށީ އިއްޔެ އެވެ. ބެންކޮކް އެއާވޭސްގެ ރާއްޖެ އަށް ހަފުތާ އަކު ދަތުރު ބާއްވާނެ އެވެ. ހުކުރު، ހޯމަ އަދި އަންގާރައިގަ އެވެ.
ބެންކޮކް އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެ އަށް ފެށި އިރު، އެ ގައުމަކީ ދިވެހިން ވެސް އާންމުކޮށް ދަތުރުކޮށް އުޅޭ ގައުމެކެވެ. އަދި ރާއްޖެ އަކީ ތައިލޭންޑްގެ ޓޫރިސްޓުންގެ މެދުގައި މަގުބޫލު މަންޒިލެކެވެ.
Excited to see @bangkok_airways back with us again! 👏🏻😁 🇹🇭✈️🇲🇻 #VelanaAirport | #AsiasBoutiqueAirline pic.twitter.com/d99tpV4xyM
— Velana Airport (@VelanaAirport) June 24, 2022
ބެންކޮކް އެއާގެ ދަތުރުތައް އަލުން ރާއްޖެ އަށް ފެށި އިރު، ރާއްޖެ އާއި ބެންކޮކާ ދެމެދު އެއާ އޭޝިއާ އިން ވެސް ދަތުރުތައް ބާއްވަ އެވެ. ކޮވިޑާ ހެދި އެ އެއާލައިންގެ ދަތުރުތައް މެދުކަނޑާލާފައި އޮތުމަށް ފަހު އަލުން ފެށީ މިދިޔަ ޑިސެމްބަރު މަހު އެވެ. އަދި މިހާރު ހަފުތާ އަކު ދެ ދަތުރު ބާއްވަ އެވެ.
ކޮވިޑްގެ ފަހުން ރާއްޖެ އަށް ދަތުރުތައް ބާއްވާ ބޭރުގެ އެއާލައިންތަކުގެ އަދަދު މިހާރު 24 އަށް އަރަ އެވެ. އެގޮތުން މި މަހުގެ 16 ވަނަ ދުވަހު ޕޮލެންޑްގެ ގައުމީ އެއާލައިންގެ ދަތުރުތައް ވެސް ރާއްޖެ އަށް ވަނީ ފަށައިފަ އެވެ.