Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

ދީނީ އިލްމުވެރިންނާ މެދު އަދުލުވެރިވާން ޖެހޭ

ދީނީ އިލްމުވެރިންނާ މެދު ވެސް އަދުލުވެރިކޮށް ކަންތައް ކުރުމަށް ސަރުކާރަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިލްތިމާސްކުރައްވައިފި އެވެ.

މިދިޔަ އަންގާރަ ދުވަހު ހެނދުނު މާލޭގައި ބޭއްވި ޔޯގާ އިވެންޓަކާ ގުޅިގެން ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ތަހުގީގަށް ރާއްޖޭގެ ދީނީ އިލްމުވެރިންތަކެއް ވެސް ހައްޔަރުކޮށްފައި ވަނިކޮށް ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ބޭފުޅުންނަކީ ވެސް ދިވެހި ރައްޔިތުން ކަމަށާއި ގާނޫނާ އެއްގޮތަށް އަދުލުވެރިކަމާ އެ މީހުންނާ މެދު އަމަލުކުރަން ޖެހޭނެ ކަމަށެވެ.

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަކުރަން މާލޭގެ ގަލޮޅު ދަނޑުގައި ބޭއްވި އިވެންޓްގެ ތެރެއަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް 15 މީހަކު ހައްޔަރުކޮށްފައިވާ އިރު، އޭގެ ތެރޭގައި ހިމެނޭ ދެ ޝައިހުންނަކީ ޝައިހް ފަޒްލޫން މުހައްމަދާއި ޝައިހް އާދަމް ނިޝާނެވެ.

ޝައިހް ފަޒްލޫނާއި ނިޝާން

އެ ބޭފުޅުންގެ މައްޗަށް ކުރެވުނު ތުހުމަތާ ގުޅިގެން ހައްޔަރުކުރުމުން އިސްލާމިކް މިނިސްޓްރީން ވަނީ ދީނީ ދަރުސް ދިނުމަށް ދޫކޮށްފައި އޮތް ހުއްދަ ވެސް ބާތިލުކޮށްފަ އެވެ.