Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

އައްޑޫގައި ބޭސިކް ޖާނަލިޒަމް ކޯހެއް ބާއްވަނީ

މޯލްޑިވްސް މީޑިއާ ކައުންސިލާއި، އައްޑޫ ސިޓީ ކައުންސިލް ގުޅިގެން "ބޭސިކް ޖާނަލިޒަމް" ކޯހެއް ހިތަދޫގައި ބޭއްވުމަށް ނިންމައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ 2 ދުވަހުގެ މުއްދަތަށް ބާއްވާ ކޯސް މިމަހުގެ 19 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއީ ޖުމްލަ 12 ގަޑިއިރަށް ހިންގާ ކޯހެކެވެ.

ކައުންސިލް އިދާރާއިން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެމީހުންގެ ވަނަވަރާއި، އައިޑީ ކާޑް ކޮޕީއާއި އެކު މިމަހުގެ 13ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10 ގެ ކުރިން ފޮނުވުމަށެވެ.

މިކޯހުގައި ބައިވެރިވާ ފަރާތްތަކުގެ ހުރުމާއި، ކެއުން އަދި ދަތުރު ފަތުރު ހަމަޖައްސާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.