އެއްޖިންސުން ގުޅުން "ހިންގާ" ވީޑިއޯއެއް އާންމުވެ، އެ މައްސަލާގައި ނާޒިމް ސައްތާރު ރޭ ފުލުހަށް ވެސް ހާޒޮރުކޮށްފައި ވަނިކޮށް އޭނާ ޓްވިޓާ އިން ގެއްލިއްޖެ އެވެ.
އިއްޔެ ހެނދުނު އާންމުވި ވީޑިއޯއާ އެކު ޓްވިޓާގައި އެތައް ގޮތަކަށް އެތައް ފަހަރެއްގެ މަތިން ވީޑިއޯ އިން ފެންނަނީ އޭނާ ނޫން ކަމަށާއި އަދި އެއީ ހަދާފައިވާ ވީޑިއޯއެއް ކަމަށް ވެސް ނާޒިމް ބުނެފައިވެ އެވެ. އަދި އެ ވީޑިއޯގެ ވާހަކަ ގެނެސްދިން ބައެއް މީޑިއާތަކުގެ މީހުންނަށް ވެސް ނާޒިމް އެކި ކަހަލަ ރައްދު އިއްޔެ ދީފައިވެ އެވެ.
Ahan, kihineh mi vee? Fili fileenun account ves gellijje.. الحمد لله #ArrestNazimSattar https://t.co/5XgpeQqCBf pic.twitter.com/mASSBMOXJW
— flowergatherer (@flowergathererr) June 25, 2022
އާންމުވި ވީޑިއޯއެއްގައި ފެންނަނީ ކޮޓަރިއެއްގެ ތެރޭގައި ބަރަހަނާވެގެން "ނާޒިމް" އެއްޖިންސުން ގުޅުން ހިންގާ ތަނެވެ. އަދި އޭނާއަކީ ގުޅުން ހިންގާ ފިރިހެން މީހާ އަކީ ބަންގްލަދޭޝް މީހެއް ކަމަށް އެތައް ބަޔަކު ބުނެފައިވެ އެވެ. ނަމަވެސް ނާޒިމް ވަނީ ވީޑިއޯގައި ފެންނަނީ އޭނާ ނޫން ކަމަށާއި އެއީ ބްލެކްމެއިލްކުރަން ބަޔަކު ހަދައިގެން އުޅޭ އެއްޗެއް ކަމަށް ބުނެފަ އެވެ.
ނާޒިމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ. ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރާ ނާޒިމްގެ ވީޑިއޯ ގުޅިގެން އޭނާ ހައްޔަރުކުރަން އެތައް ބަޔަކު ގޮވާލަމުން އަންނަ އިރު، ވަކީލުކަމުގެ ހުއްދަ ވެސް ބާތިލުކުރަން ސޯޝަލް މީޑިއާގައި އަންނަނީ ގޮވަމުންނެވެ.
އެނގިފައިވާ ގޮތުގައި ނާޒިމްގެ ޕާސްޕޯޓް މިހާރު ވަނީ ހިފަހައްޓައިފަ އެވެ.