ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކަމަށް ބެލެވޭ މީހަކު ބަރަހަނާ ހާލުގައި އިތުރު ދެ ދެ މީހަކާ އެކީ އެނދެއްގެ ތިބޭ މަންޒަރު ފެންނަ ފޮޓޯގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ރޭ ސޯޝަލް މީޑިއާގައި އާންމުކުރި ފޮޓޯގައި ފެންނަނީ ބަރަހަނާ ހާލުގައި ހުސައިން އެނދެއްގައި އޮށޯވެގެން އަންހެނެއްގެ ގައިގައި ބައްދާލައިގެން އޮންނަ އިރު، ކައިރީގައި ބަރަހަނާކޮށް އެހެން ފިރިހެނަކު ވެސް އޮންނަ ތަނެވެ. މި ފޮޓޯގެ މައްސަލާގައި ފުލުހުން ބުނީ އެކަން ސަމާލުމަކަށް އައިސްފައިވާތީ މިހާރު އެކަން އިތުރަށް ބަދަލުން އަންނަ ކަމަށެވެ.
ނަމަވެސް އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.
ހުސައިންގެ ބަހަރަނާ ފޮޓޯއެއް އާންމުކޮށްފައި މި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން "ހިންގާ" މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އިއްޔެ އާންމުކޮށްފައި ވަނިކޮށެވެ. އެ ވީޑިއޯގެ މައްސަލަ ވެސް ފުލުހުން ބަލަމުން އަންނަ އިރު، ރޭ ނާޒިމް ފުލުހަށް ހާޒިރުކޮށް ސުވާލު ވެސް ކޮށްފައިވެ އެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އޭނާ ރާއްޖޭން ބޭރަށް ފުރުން މަނާކޮށް، ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ.