Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

އައްޑޫ އީދު ފެސްޓިވަލްގެ ޓީޝާޓު ވިއްކަން ފަށައިފި

އައްޑޫ އީދު ފެސްޓިވަލްގެ ޓީޝާޓު

އައްޑޫ ސިޓީ މީދޫގައި ކުލަގަދަކޮށް ފާހަގަކުރަން ހަމަޖެހިފައިވާ އައްޑޫ އީދު ފެސްޓިވަލްގެ ޓީޝާޓު ވިއްކަން ފަށައިފި އެވެ.

މި ޓީޝާޓު ވިއްކަން ފަށާފައިވަނީ ސ.މީދޫ ޕްރޮވާލޯ ފިހާރައިންނެވެ.

އީދު ފެސްޓިވަލްގެ ޓީޝާޓުތަކުގެ އަގަކީ ކުޑަކުދިންނަށް 145 ރުފިޔާ އަދި ބޮޑުމީހުންނަށް 165 ރުފިޔާއެވެ.

މި ޓީޝާޓުތައް ގަތުމުގެ އިންތިޒާމު ޕްރޮވާލޯ ފިހާރައިން ހަމަޖެހިފައިވާއިރު، ޕްރޮވާލޯގެ ވެބްސައިޓުންވެސް ޓީޝާޓު އޯޑަރުކޮށް ގަތުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނާނެއެވެ.

އައްޑޫ އީދު ފެސްޓިވަލް އިންތިޒާމުކުރާ ފަރާތުން ވަނީ މީދޫ އަވަށުގެ ކައުންސިލަރު އާމިނަތު ސާލިހާއަށް އީދު ފެސްޓިވަލްގެ ރަމްޒީ ޓީޝާޓެއްވެސް އަރުވާފަ އެވެ.

ޓީޝާޓުތައް ގަތުމާގުޅޭ އިތުރު މައުލޫމާތު ޕްރޮވާލޯގެ ނަންބަރު 749،1961 އިން ލިބޭނެއެވެ. އަދި އެ ފިހާރައަށް ޒިޔާރާތްކޮށްގެންވެސް ލިބޭނެ އެވެ.

ދެކުނުގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަގަދަ އީދު ފެސްޓިވަލްއަށް ސ.މީދޫއިން ތައްޔާރުވަމުން އަންނައިރު، މި ފެސްޓިވަލަށް ގިނަ އަދަދެއްގެ ބަޔަކު މީދުއަށް އަންނާނެކަމަށް ފެސްޓިވަލް ރާވައި އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތު ދެއެވެ. އަދި މި ފެސްޓިވަލުގެ ތެރޭގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކުޅިވަރުގެ އެކިއެކި މުބާރާތްތަކަށާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް މިހާރުވެސް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.