Last Updated: April 19, 18:52
Friday, April 19, 2024
ޚަބަރު

ހުޅުމީދޫން ހިތަދު އަށް ކުނި ގެންދަނީ

ވެމްކޯ އިން އައްޑޫ އަށް އަލަށް ގެނައި ވެހިކަލްތައް. އައްޑޫލައިވް ފޮޓޯ: އަޒީމް ނަޖްމީ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ހުޅުމީދޫ ސައިޓު ހުސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ފަށައިފި އެވެ.

ހުޅުމީދޫ ސައިޓުން ކުނި ހުސްކުރުމަށް ފަހު އެ ކުނި ގެންދަނީ ހިތަދޫގައި ހުންނަ ވެމްކޯގެ ސައިޓަށެވެ.

ހުޅުމީދޫ ވެމްކޯ ސައިޓުގައި ކުނި ގިނަވުމުގެ ސަބަބުން ބައެއް ފަހަރު ދިމާވާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިއްވުމުގައިވެސް ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.

ހުޅުމީދޫ ސައިޓުން ހިތަދުއަށް ކުނި ގެންދިއުމަށް ބާޖެއްވެސް ވަނީ މީދުއަށް އައިސްފަ އެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން އައްޑޫގައި ކުނި މެނޭޖްކުރުމުގެ ކަންތައްތައް ކުރަމުން އަންނައިރު، ދެކުނު ކޮރެއާއިން ހަދިޔާކޮށްފައިވާ އިންސިނަރޭޓަރެއް ބޭނުންކޮށްގެން ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢެއްވެސް ވެމްކޯއިން ފެށުމަށް ވަނީ ނިންމާފައެވެ.