Last Updated: July 18, 13:21
Saturday, July 18, 2026
ޚަބަރު

ފެނަކަ ބަލިކޮށް ބީއެމްއެލް ޗެމްޕިއަނަކަށް

އައްޑޫގައި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުގެ އޮފީސްތަކަށް ހާއްސަކޮށްގެން ބޭއްވި "ދި ފޭދޫ ސްޕޯޓްސް ފުޓްސަލް ކަޕް 2022"ގެ ޗެމްޕިއަންކަން ޔުނައިޓެޑް ބީއެމްއެލް އިން ހޯދައިފި އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ބީއެމްއެލް އިން ހޯދީ ރޭ ކުޅުނު ފައިނަލްގައި ފެނަކައިގެ މައްޗަށް 1-0 އިން ކުރި ހޯދައިގެންނެވެ.

ފޭދޫ ދަނޑުގައި ކުޅުނުު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ބީއެމްއެލް އަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ސިނާހެވެ. މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ހޯދީ ސިނާހެވެ.

ދި ފޭދޫ ސްޕޯޓްސްގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި މި މުބާރާތުގެ މެއިން ސްޕޮންސަރަކީ އެސްޓީއޯ ކަމަށްވާއިރު ކޯ ސްޕޮންސަރަކީ ސައުތް ޕާމް ރިސޯޓެވެ.