Last Updated: June 12, 10:30
Friday, June 12, 2026
ޚަބަރު

ރާއްޖެ ބަދަލުކުރި ޕާޓީއަކީ އެމްޑީޕީ: ރައީސް ނަޝީދު

ދިވެހިރާއްޖެ ބަދަލު ކޮށްލި ޕާޓީއަކީ މޯލްޑިވިއަން ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކަމަށް އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖެ ބަދަލުކުރި ޕާޓީއަކީ އެމްޑީޕީ ކަމަށާއި، ހާއްސަކޮށް ޓެކްސްގެ ނިޒާމެއް ތައާރަފްކޮށް ދައުލަތުގެ އާމްދަނީ އިތުރުކުރީ އެމްޑީޕީން ކަމަށެވެ. އަދި ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަންވެސް ފޯރުކޮށްދިނީ އެމްޑީޕީން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީ އަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. އަދި ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީވެސް އެމްޑީޕީއެވެ.