ގޮންޖެހުންތައް ގިރާކޮށް މޯލްޑިވިއަން ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ދާނީ ކުރިއަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އެކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
އެގޮތުން ފައްޔާޒް ވަނީ އެމްޑީޕީ އަހަރީ ދުވަހުގެ ތަހުނިޔާ އެމްޑީޕީ އާންމު މެމްބަރުންނަށް އަރިސްކުރުމަށްފަހު، ދިމާވާ ކޮންމެ ގޮންޖެހުމެއްވެސް ގިރާކޮށް އެމްޑީޕީ ކުރިއަށްދާނެ ކަމަށް ވިދާޅުވެފައެވެ.
MDP ge 17th vana aharee dhuvahuge thahuniya Party ge enmehaa membarunnah ariskuran. Dhimaavaa konme gonjehumeh inshah Allah gira koh mi Party dhaanee kuriah.
— Fayyaz Ismail (@faya_i) June 26, 2022
އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަ ކުރަމުން އަންނައިރު، އެމްޑީޕީ އަކީ މިރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު އަދި އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ.
އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއްވެސް މިއަދު ހަވީރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.