Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

15 ރަށެއްގެ ކުނި މެނޭޖްކުރާ ސެންޓަރު ހަދަން ބީލަމަށް

ރާއްޖޭގެ 15 ރަށެއްގައި ކުނި މެނޭޖްކުރަން ހަދަން ނިންމާފައިވާ ސެންޓަރުތަކުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ހިންގަމުން އަންނަ ގްރޭޓަ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް ދަށުން ޖުމްލަ 15 ރަށެއްގައި ކުނި މެނޭޖްކުރާ ސެންޓަރުތަކެއް ހަދަން ނިންމާފައިވާ ކަމަށެވެ.

އެ ރަށްތަކަކީ ކ. ތުލުސްދޫ، ކ. ހުރާ، ކު. ހިންމަފުށި، ކ. ކާށިދޫމ ކ. މާފުށި، ކ. ގުރައިދޫ،ވ. ތިނަދޫ، ވ. ފެލިދޫ، ވ. ކެޔޮދޫ، ވ. ރަކީދޫ، އދ. މަހިބަދޫ، އދ. ހަންޏާމީދޫ، އއ. ހިމަންދޫ، އއ. ފެރިދޫ، އަދި އއ. ތޮއްޑު އެވެ.

މި ރަށްތަކުގައި ހަދަން ނިންމާފައިވާ ފެސިލިޓީތަކުގެ މަސައްކަތްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 25 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ބީލަމުގައި ބައިވެރިވާން 500ރ. ގެ ރެޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. ރަޖިސްޓްރޭޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 21 އާ ހަމައަށެވެ. މިނިސްޓްރީގެ ބަނޑޭރި އެޕުން ވެސް ފައިސާ ދެއްކޭނެ އެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން މައުލޫމާތު ދޭން ބާއްވާ ބައްދަލުމެއް އަންނަ މަހުގެ 4 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގައި އޮންނާނެ އެވެ. އިތުރު މައުލޫމާތު 3349113، 3349106 އަދި 3349147 އިން ހޯދޭނެ އެވެ.