ނޫސްވެރިޔާ ރިލްވާން އަބްދުﷲ އަދި ބްލޮގާ ޔާމީން ރަޝީދު މަރާލި މައްސަލައިގައި ތިން މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ ކޮމިޝަނުން ގެއްލުވާލާފައިވާ ރިލްވާން އަދި މަރާލާފައިވާ ޔާމީން ރަޝީދުގެ މައްސަލައިގައި ކުރަމުންދާ ތަހުގީގާ ގުޅިގެން، އެ މައްސަލައާ ގުޅޭ ޖިނާއީ ކުށްތައް ރާވައި ހިިންގުމުގައާއި އެކުށް ހިންގުމަށް މަގުފަހުކުރުވައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ތިން މީހަކު ކޯޓު އަމެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ހައްޔަރު ކޮށްފައިވާ މީހުން:
1- ކ. މާލެ މއ. ފާގަފިލާގެ، އަހުމަދު އިސްމާއިލް
2- ކ. މާލެ ދ.ނ. RS8499، އަހުމަދު މުއާޒް
3- ކ. މާލެ މ. ލެގޫންވިއު، އިސްމާއިލް އަބްދުއްރަހީމް އާދަމް
#MPSPressStatement: PMC/2022/10 – Ahmed Rilwan Abdulla aai Yaamin Rasheed ge maruge massala'aa gulhey kuhthah raavai hingumugai terrorism ge amaluthah hingaafaivaakamah thuhumathu kurevey bayaku hayyarukurumaa gulhey https://t.co/zlz8LCqwg6#MPSNoosbayaan pic.twitter.com/rzy12mfvjx
— Maldives Police (@PoliceMv) June 26, 2022
މަރު ކޮމިޝަނުން 2019 ވަނަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ޓެރަރިސްޓު ޖަމާއަތަކާއި ގުޅުން އޮންނަ ބަޔަކު ރިލްވާން ވަގަށް ނަގައި ކަނޑުމައްޗަށް ގެންގޮސް މަރާލުމަށްފަހު ކަނޑުފައްތާފައިވާ ކަމަށް ބުނެފައެވެ. ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ 2014 އޮގަސްޓް 7 ވަނަ ދުވަހުއެވެ.
އޭގެ ފަހުން ޔާމީން ރަޝީދު މަރާލީ 2017 އޭޕްރިލް 23 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ މަރާލީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ގޮޅި ތެރޭގައެވެ.