Last Updated: June 12, 10:30
Friday, June 12, 2026
ޚަބަރު

ގާޒީ ޝަކީލުގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތެއް ނުވި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލްގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ބުނެފައިވަނީ އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއާ ގުޅިގެން 2021 މެއި 04 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙްޤީޤް ކުރުމަށް ނޯޓިސްދީފައިވާ ކްރިމިނަލް ކޯޓުގެ އިސްޤާޒީ ޝަކީލްގެ ސުލޫކީ މައްސަލަ، ތަހުޤީޤު ކުރެވި އެމައްސަލަ ސާބިތު ނުވާކަމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އިސްގާޒީ ޝަކީލްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށެޅީ މީހެއްގެ ބަންދާއި މެދު ގޮތެއް ނިންމުމުގައި ކަނޑައެޅިގެން ގާނޫނާއި ހިލާފަށް ގާޒީ ޝަކީލް އަމަލުކުރެއްވި ކަމަށް ބުނެއެވެ.