Last Updated: March 29, 09:42
Friday, March 29, 2024
ޚަބަރު

ލިވާތުން ގައުމު ސަލާމަތްވޭތޯ ދުއާކޮށް ދޭން އެދިއްޖެ

ލިވާތުކުރާ މީހުން ނުވަތަ އެއްޖިންސުން ގުޅުން ހިންގާ މީހުންނާއި އެ މީހުންނަށް އެހީވާ މީހުންގެ ކިބައިން ރާއްޖެ ސަލާމަތްކޮށްދޭން އެދި އަރަފާތު ބިމުގައި ދިވެޖި ހައްޖުވެރިން ދުއާކޮށް ދޭން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަލީ ޝަހީމް އަލީ ސައީދު ގޮވާލައްވައިފި އެވެ.

ރާއްޖޭގައި މިހާރު އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލަތައް ފެންމަތިވަމުންދާތީ އެކަމާ ގުޅިގެން އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ނުބައި އަމަލުން ދިވެހި ގައުމު ސަލާމަތްކޮށް ދެއްވުމަށް އެންމެހާ ދިވެހި ހާޖީން ދުއާކޮށް ދޭން އެދިަވަޑައިގަންނަވާ ކަމަށެވެ.

"ލިވާތު ބާގައިގެ މީހުންނާއި އެއުރެންނަށް އެހީވާ މީހުންގެ ކިބައިން ގައުމު ސަލާމަތްކޮށް ދެއްވުމަށް އެދި އަރަފާތް ދުވަހު ދިވެހި އެންމެހާ ހާޖީން ދުއާކޮށް ދެއްވުމަށް އެދެން." ޝަހީމް ވިދާޅުވި އެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދިވެހި ހައްޖުވެރިން ފުރަން ފަށާފައި ވަނީ ރެ އެވެ.

އެއްޖިންސުން ގުޅުން ހިންގުމުގެ ބޮޑެތި މައްސަލަތައް ފެންމަތިވަމުންދާ އިރު، އެފަދަ އަމަލު ހިންގާ މަންޒަރު ފެންނަ ތިން ވީޑިއޯއަކާއި ގްރޫޕް ހަދައިގެން ޖިންސީ ގުޅުން ހިންގާ ކަމަށް ބެލެވޭ މަންޒަރުތަކެއް ފެންނަ ފޮޓޯއެއް ވެސް މިދިޔަ ހަފުތާގެ ފަހުކޮޅު ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.

އާންމުވި އެއްޗެހިން ފެންނަނީ ސިޔާސީ ގޮތުން ނުފޫޒު ގަދަ ބަޔަކާއި އެފަދަ މީހުންނާ ގުޅުން އޮންނަ ބައެކެވެ.

ރާއްޖެ އަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވިޔަސް ރާއްޖޭގައި ފަހަކަށް އައިސް ދީނާ ހިލާފު އަމަލެއް ވަރަށް ފާޅުގައި ކުރުން އާންމުވެފައިވެ އެވެ. މިކަމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ. ހާއްސަކޮށް ދީނީ އިލްމުވެރިން އަންނަނީ ގައުމުގެ މިހާރު އޮތް ހާލަތާ މެދު އިންތިހާ އަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.