Last Updated: July 18, 13:21
Saturday, July 18, 2026
ޚަބަރު

އައްޑޫ އީދުގެ މީޑިއާ ޕާޓްނަރުންނަށްވާން ހުޅުވާލައިފި

ކުރިއަށް އޮތް ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރަން އައްޑޫ ސިޓީ ކައުންސިލުން ކުރިިއަށް ގެންދަން ނިންމާފައިވާ "އައްޑޫ އީދި ސަމާ 1443" އަށް މީޑިއާ ޕާޓްނަަރުންނަށް ވާން ޝައުގުވެރިވާ މީޑިއާތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ކައުންސިލުން ބުނީ ޝައުގުވެރިވާ މީޑިއާތަކަށް އެކަން ހުށަހެޅުމުގެ ފުރުސަތު މިއަދި ހަވީރު 6:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

"އައްޑޫ އީދި ސަމާ 1443" ގެ ހަރަކާތްތައް އަންނަ މަހުގެ 8 އިން ފެށިގެން އައްޑޫގެ ހުރިހާ އަވަށްތަކެއްގައި ވެސް ކުރިއަށް ގެންދަން ހަމަޖެހިފައިވެ އެވެ. އެކަމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، ކުލަގަދަކޮށް އީދު ފާހަގަކުރަން ކައުންސިލްގެ ބަޖެޓަކުން 200،000ރ. ހަރަދުކުރަން ވަނީ ނިންމައިފަ އެވެ. އަދި އީދުގެ ހަރަކާތްތަކަށް ޖުމްލަ 1.8 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރެއިން 1.5 މިލިއަން ރުފިޔާ އަކީ ސްޕޮންސަރުން އަތުން ހޯދުމަށް ކަނޑައަޅާފައިވާ އަދަދެވެ.

ބޮޑު ހަރަދެއްކޮށްގެން އީދު ފާހަގަކުރަން ނިންމާފައިވާތީ އައްޑޫ ކައުންސިލަށް ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ.