ހެލްތު މިނިސްޓްރީގެ ނަމުގައި އޮޅުވާލައިގެން ފޯނު ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އެ މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.
ހެކްތް މިނިސްޓްރީން ބުނެފައިވަނީ އެ މިނިސްޓްރީން ކުރަމުން އަންނަ ސާރވޭ އަކާއި ގުޅިގެން ކަމަށް ބުނެ، ސިއްހީ ހިދުމަތް ދިނުމުގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނާއި އާއްމު ފަރާތްތަކަށް ހެލްތް މިނިސްޓްރީގެ ނަމުގައި ގުޅައި ޒާތީ މައުލޫމާތު ހޯފައި އީމެއިލް އެކައުންޓްތައް ޖެކް ކުރަމުން އަންނަކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ހެލްތުން ބުނެފައިވަނީ އެ މިނިސްޓްރީން މިވަގުތު އެއްވެސް ސަރވޭ އެއް ކުރަމުން ނުވާ ކަމަށެވެ.
މިފަދަ ފޯނު ކޯލްތަކަށް ސާމަލުވުމަށް އިލްތިމާސްކޮށް ހެލްތް މިނިސްޓްރީން ބުނެފައިވަނީ މިމައުލޫމާތު ފުލުހުންނާއި ކަމާގުޅުންހުރި އެހެން އިދާރާތަކާވެސް ހިއްސާ ކޮށްފައިވާކަމަށެވެ.