Last Updated: March 29, 13:51
Friday, March 29, 2024
ޚަބަރު

ނަޝީދު ހަނުހުންނަން ޖަމީލު ގޮވާލައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭކާރު ވާހަކަ ނުދައްކަވައި ހަނު ހުންނަވަން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ގޮވާލައްވައިފި އެވެ.

އެމްޑީޕީ އަށް ނިސްބަތްވާ ބަޔަކު ފާހިޝް އަމަލުތަކެއް ހިންގާ މަންޒަރުތަކެއް ފެންނަ ވީޑިއޯ އާއި ފޮޓޯ ވެސް އާންމުވި މައްސަލައާ ގުޅިގެން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު މެމްބަރުންގެ ފަރާތުން ފެނުނު އަމަަލުތަކަށް އިޝާރާތްކުރައްވައި ނަޝީދު ދެއްކެވި ވާހަކަތަކާ ގުޅިގެން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނުގައި އޮންނަ ގޮތް ކަނޑައެޅިގެން އެނގި ހުރެ ބޭކާރު ވާހަކަ ނުދައްކަވާ ހަނުހުންނަވަން އިލްތިމާސްކުރައްވާ ކަމަށެވެ.

"ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވުމާ މެދު ބަޙުސެއް ނެތް. ވަކި މީހަކަށްވީތީ ގާނޫނު ހިންގުމުގައި ތަފާތުކުރުމެއް މިއަދަކު ޖާގައެއް ނެތް." އޭނާ ވިދާޅުވި އެވެ.

ޖަމީލު މި މޭރުމުން ޓްވީޓްކުރެއްވީ އާންމުވި ވީޑިއޯތަކާއި ފޮޓޯ އިން ފެންނަ ކަމަށް ބުނާ މީހުންގެ ފޮޓޯތަކަކާ ވެސް އެކީގަ އެވެ. އެއީ ބިދޭސީ ފިރިހެނަކާ އެއްޖުންސުން ގުޅުން ހިންގާ ކަމަށް ވީޑިއޯ އިން ފެންނަ ކަމަށް ބުނާ ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި ގްރޫޕް ހަދައިގެން ބަރަހަނާ ހާލުގައި އޮންނަ މަންޒަރު ފެންނަ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ގެ ފޮޓޯ އެވެ.

ނަޝީދު ވަނީ މިހާރު ގެންދަވަނީ ފާހިޝް އަމަލު ހިންގި ކަމަށް ބެލެވޭ މީހުންގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.