Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ބީއެމްއެލްގެ އިންޓާންޝިޕަށް ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އިންޓާންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބީއެމްއެލްއިން ބުނެފައިވަނީ މި އިންޓާންޝިޕްއަކީ މަސައްކަތުގެ މާހައުލުގެ ތަޖުރިބާ ހޯދާލުމަށް ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށެވެ.

މި އިންޓާންޝިޕްގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ، ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީގެ ސެޓްފިކެޓެއް އޮތް ދަސްވެނިން ނުވަތަ އެ ލެވެލްތަކަށް ކިޔަވަމުން އަންނަ ދަރިވަރުންގެ ތެރެއިން އެއް އަހަރުދުވަހުގެ ތަޖުރިބާ ނެތް ފަރާތްތަކަށެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި އިންޓާނުންނަށް ވަޒީފާގެ ތަމްރީނުތަކާ އެކު ކޮންމެ މަހަކު 6،000ރ. ގެ އެލަވަންސެއް ލިބޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. މި އިންޓާން ޕްރޮގްރާމްގައި ބައިވެރިވާ ކުދިންނަށް ރޯދަ އިނާޔަތާއި މުސާރަ ލިބޭ 15 ދުވަހުގެ ޗުއްޓީގެ އިތުރުން ސަލާމާއި އާއިލީ ޒިންމާގެ 10 ދުވަސް ލިބޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

މި އިންޓާންޝިޕްގައި ބައިވެރިވާން އެދޭނަމަ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ބީއެމްއެލް ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ވަނީ އެދިފައެވެ.