ފަސް މަހުގެ ދަރިފުޅު މަންމައާއި ހަވާލުކުރުމަށް ފެމިލީ ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރެއް ތަންފީޒު ކުރުމަށްޓަކައި ސ. މަރަދޫ، ކަންމަތީގެ، އަހްމަދު ޝަރުއާން، 32، ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ޝަރުޢާން ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައި ވަނީ އޭނާގެ ފަސް މަހުގެ ދަރިފުޅު، 24 ގަޑި އިރުގެ ތެރޭގައި އެ ދަރިފުޅުގެ މަންމަ އާ ހަވާލު ކުރުމަށް މި މަހުގެ 10 ވަނަ ދުވަހު ފެމިލީ ކޯޓުން އަޙްމަދު ޝަރުޢާންގެ މައްޗަށް ކޮށްފައިވާ އަމުރާ އޭނާ ޚިލާފްވެފައި ވާތީ ފަސް މަހުގެ ދަރިފުޅު ހޯދާ އެ ދަރިފުޅުގެ މަންމަ އާ ހަވާލު ކުރުމަށް ފުލުހުންގެ މައްޗަށް ފެމިލީ ކޯޓުން ކޮށްފައިވާ އަމުރު ތަންފީޒު ކުރުމަށްޓަކައެވެ.
ފުލުހުން ވަނީ ޝަރުޢާން އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާ ނަމަ ލަސް ނުކުރައްވާ އެކަން މާލޭގައި ނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ނަމްބަރު 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9790163 އަށް ގުޅުއްވައި އެ މަޢުލޫމާތެއް ހިއްސާ ކުރެއްވުމަށް އެދިފަ އެވެ.