ވިލިމާލޭގައި ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ ވިލިމާލޭގައި ހުންނަ "އިހުސާން ވިލި" ކިޔާ ފިހާރައިގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ވިލިމާލޭ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އެގޮތުން ފަތިހު 05:25 ހާއިރު އެތަނުގައި ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދެމުން ބުނެފައިވަނީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ފަތިހު 05:00 ހާއިރުއެވެ.