Last Updated: April 25, 09:40
Thursday, April 25, 2024
ޚަބަރު

ޔޯގާ މައްސަލައަކީ ބަޔަކު ވެރިކަމަށް އައުމުގެ ބޭނުމުގައި ކުރާކަމެއް: މަހުލޫފް

މިނިސްޓަރު އަހުމަދު މަހުލޫފް(މ)- ފޮޓޯ: ރައީސް އޮފީސް

ޔޯގާގެ މައްސަލައިގައި ހިނގާދިޔަ ކަންކަމަކީ ބަޔަކު ރާވައިގެން ވެރިކަމަށް އައުމުގެ ބޭނުމުގައި ހިންގާފައިވާ ކަމެއްކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް މިފަދައިން ވިދާޅުވެފައިވަނީ އެދުވަހުގެ ކަންކަމާ ގުޅޭގޮތުން މަޖިލީހުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މަޖިލީހުގައި ވާހަކަ މަހުލޫފް ވިދާޅުވީ ޔޯގާ މައްސަލައަކީ ބަޔަކު ސިޔާސީ ބޭނުމަކަށް ކުރަމުން އަންނަ ކަމެއް ކަމަށެވެ. ޔޯގާ ދުވަހަކީ 2014 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުން އަންނަ ދުވަހެއްކަން ވެސް މަހުލޫފް ފާހަގަ ކުރެއްވިއެވެ. އަދި މި މައްސަލައަކީ ސިޔާސީ ބޭނުމެއްގައި އޮޅުވާލައިގެން ބަޔަކަށް ގެއްލުންދޭން ރާވަމުން އަންނަ ކަމެއް ކަމަށެވެ.

މަހުލޫފް ވިދާޅުވީ ޔޯގާ އާއި މިއުޒިކް އަދި ދެންވެސް ހުރި ކަމެއްގައި ހަރާމް ތޯ ހަލާލްތޯ ސާފުކޮށް ބަޔާން ކުރުމުން އެކަމާ ނޫޅޭނެ ކަމަށެވެ.

"އެކަމަކު މިހެން ހިލާފު އުފެދިފައި، ތަފާތު ވިސްނުން ހުރި ކަންކަން ވަކި ޝޭހަކު އެއީ ހަރާމޭ ބުނީމާ އަޅުގަނޑުމެން ގަބޫލުކުރަންވީ. އަޅުގަނޑު ގަބޫލެއް ނުކުރަމޭ އެޝޭހެއް، އަޅުގަނޑު ގަބޫލުކުރަނީ އެހެން ޝޭހެއް ދައްކާވާހަކަ. އެހެންމަ އެ ޝޭހު ބުނާ ގޮތަށް އަޅުގަނޑުމެން އުޅެނީ، އަޅުގަނޑު ނިޖެހޭނެ ނޫންތޯ މި ޝޭހު ބުނާ ގޮތަށް އުޅޭކަށް." މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ މި ވިސްނުމުގެ ތެރެއިން ރުޅިވެރިކަމާ ނަފުރަތު އުފައްދައިގެން ނެރެން ބޭނުންވާ ނަތީޖާއަކީ ވަކި ބަޔަކު ވެރިކަމަށް އައުން ކަމަށެވެ. މިހާރުގެ ކަންކަމަކީ އެ ބޭނުމުގައި ވަރަށް ބޮޑަށް އޮޅުވާލައިގެން ކުރަމުން އަންނަ ކަމެއް ކަމަށް މަހުލޫފް ވިދާޅުވިއެވެ. އަދި މީގެކުރިން ނުކުރާކަމެއް ނުކުރާކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން އެ ދުވަހުގެ ސެކިއުރިޓީގެ ކަންކަމާ ގުޅޭގޮތުން މަހުލޫފް ވިދާޅުވީ، ޔޫތް މިނިސްޓްރީން އެއްވެސް ކަމެއް ހިންގާނަމަ އެކަމާ ގުޅިގެން ސެކިއުރިޓީ ބްރީފިންއެއް ބާއްވާނެ ކަމަށެވެ. އަދި އެ މީޓިންގައި ދައްކަންޖެހޭ ހުރިހާ ވާހަކައެއް މިނިސްޓްރީގެ ފަރާތުން ދައްކާފައިވާނެކަމަށް ވިދާޅުވިއެވެ.