އދ. ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެއެވެ.
އެ މަސައްކަތް ހަވާލު ކޮށްފައިވާ އެމްޓީސީސީން ބުނެފައިވަނީ، ހަންޏާމީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ 86 އިންސައްތަ މަސައްކަތް ފުރިހަމަކުރެވިފައިވާ ކަމަށެވެ. އެގޮތުން އެއްގަމު ތޮށިލުމާއި، ބަނދަރުގެ ޕޭވްމެންޓްގެ މަސައްކަތް ނިންމާލެވިފައިވާ ކަމަށެވެ. އަދި މަގުބައްތި ހަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރެވެމުންދާ ކަމަށް މައުލޫމާތުދީފައިވެއެވެ.
މި މަޝްރޫއުގެ ދަށުން، 6363.1 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށި ލުމާއި، 266 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 160 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި މަގު ބައްތި ހަރުކުރުމާއި، 1330 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.
ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަކީ 32.2 މިލއަން ރުފިޔާގެ މަޝްރޫއެކެވެ.