Last Updated: June 29, 21:20
Monday, June 29, 2026
ވިޔަފާރި

އެމްއައިބީ އައްޑޫ ބްރާންޗުން ހިދުމަތް ދޭން ފަށައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އައްޑޫ ބްރާންޗް ނުރަސްމީކޮށް މިއަދު ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

ކުރީގެ އެސްޓިއޯ ސްޕަމާޓް ހިންގި މިހާރުގެ ތުއްބީގެ އިމާރާތުގައި ހުޅުވާ ބޭންކުން ބުނީ މިއަދު ނުރަސްމީކޮށް ހުޅުވިއަސް އެކަންއުންޓް ހުޅުވުމާއި، އާއްމުކޮށް ބޭންކުން ދޭ ހިދްމަތް ފޯރުކޮށްދޭ ނެކަމަށެވެ.

އެމްއައިބީ އައްޑޫ ބްރާންޗް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 25 ވަނަ ދުވަހު ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި ބޭންކް ބޯޑާއި، އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަރު (އައިސިޑީ) ގެ ވެރިން ބައިވެރި ވާނެ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

އެމްއައިބީއަށް ބޭނުންވާ މުވައްޒަފުން ނަގައި، އެމުވައްޒަފުންނަށް ވަނީ މާލެ ގެންގޮސް ތަމްރީނު ދީފަ އެވެ.

އައްޑޫގައި ހުޅުވާ ފުރަތަމަ އިސްލާމީ ބޭންކަށް ގިނަ ބައެއްގެ ޝައުގުވެރިކަން ވަނީ ފާޅުކޮށްފަ އެވެ.